ދިވެހިރާއްޖެ
އިޢުލާން
ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ފަރާތުން ކ.މާފުށީގައި ހުންނަ ތަޢުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުގައި ތިބޭ ކުދިންނަށް ޕްރޮގްރާމް ހިންގައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި މިނިސްޓްރީގެ ނަންބަރު: (IUL)10-F/1/2016/04 (14 ފެބުރުވަރީ 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 ފެބުރުވަރީ 2016 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 25 ފެބުރުވަރީ 2016 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
06 ޖުމާދަލްއޫލާ 1437