ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ވަޒީފާގެ ފުރުޞަތު |
|||||||||
މަޤާމު |
ޓީޗަރ (ފިޒިކަލް އެޑިޔުކޭޝަން) |
||||||||
ބޭނުންވާ އަދަދު |
01 ( އެކެއް) |
||||||||
މަޤާމުގެ ގިންތި |
ދާއިމީ |
||||||||
އޮފީސް |
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ސްކޫލް |
ސެކްޝަން |
އެކަޑަމިކް ސެކްޝަން |
||||||
ވަޒީފާ އަދާކުރަންޖެހޭ ތަން |
އދ.އޮމަދޫ ސްކޫލް |
ޔުނިޓް |
|
||||||
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
||||
ސީނިއަރ ޓީޗަރ |
CS15-5 |
ސްކޫލް ޓީޗަރ
|
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
-/10640 |
-/2500 |
||||
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10320/- |
|||||||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10100/- |
|||||||
CS15-2 |
|
9910/- |
|||||||
ޓީޗަރ |
CS13-5 |
ސްކޫލް ޓީޗަރ
|
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
-/9850 |
|||||
CS13-4 |
ސްކޫލް ޓީޗަރ |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
-/9360 |
||||||
CS13-3 |
ސްކޫލް ޓީޗަރ |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
8890/- |
||||||
CS13-2 |
ސްކޫލް ޓީޗަރ |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޓްކޮށްފައިވުން. އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
8440/- |
||||||
CS11-5 |
ސްކޫލް ޓީޗަރ
|
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
-/8250 |
||||||
CS11-4 |
ސްކޫލް ޓީޗަރ |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
-/7840 |
||||||
CS11-3 |
ސްކޫލް ޓީޗަރ |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
7450/- |
||||||
CS11-2 |
ސްކޫލް ޓީޗަރ |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
7070/- |
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:
އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސަކީ ސްކޫލް ޓީޗަރުންގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ ގޮތުގައި ދެވޭނީ، ތިރިގައި މިވާގޮތަށް، އަސާސީ މުސާރައިގެ ކަނޑައެޅިފައިވާ އިންސައްތައާ އެއްވަރުގެ އަދަދެކެވެ.
މުސާރައިގެ އިންސައްތަ |
ސަނަދު |
30% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. |
25% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން. |
20% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން. |
15% |
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން. |
އުޖޫރައާއި ޢިނާޔަތްތައް |
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- ހަވާލުކުރެވޭ ކްލާސްތަކަށް ފިޒިކަލް އެޑިޔުކޭޝަން ކިޔަވައިދިނުން. - ފިޒިކަލް އެޑިޔުކޭޝަން ކިޔަވައިދިނުމަށް ދަރިވަރުންނަށް ހިންގޭ އެންމެހައި ކަންތައްތައް ރާވައި ހިންގުން. - ސްކޫލުގެ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން. - ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ދެއްކުން. - މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގތަކުގައި ފުރިހަމައަށް ބައިވެރިވުން. - ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގާ އެނޫން ކޮންމެ ބައްދަލުވުމެއްގައިވެސް ފަރުވާތެރިކަމާއެކު ބައިވެރިވުން. - ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކްކުރުން. - ލީޑިންގ ޓީޗަރުން އަންގަވާ ގޮތެއްގެމަތިން އިމްތިޙާންތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރެކޯޑުތައް ތައްޔާރުކޮށް ބެލެހެއްޓުން. - ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން. - މުވައްޒަފު ނިސްބަތްވާ ހައުސް/ ކްލަބް/ ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި ޤާބިލުކަންހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ، ކާމިޔާބީއަށް މަސައްކަތްކުރުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް: |
ހ- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. ށ- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. ރ- ކިޔަވައިދޭ މާއްދާއަކުން ދެވޭ ޓޮޕިކަކަށް ކިޔަވައިދިނުމާއި، ޕާރޕޯމަންސަށް ބަލައިގެން. |
އިންޓަރވިއުކުރުން |
ހ. މި މަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ، އިންޓަރވިއު ކުރުމަށް ފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، އދ އޮމަދޫ ސްކޫލުގައެވެ. ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ބަންދު ނޫން ކޮންމެ ދުވަހަކު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، އދ އޮމަދޫ ސްކޫލުގެ އޮފީހަށް ނުވަތަ info@adhomadhooschool.edu.mv އީ-މެއިލް އެޑްރެހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 7 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންނެވެ. |
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އދ، އޮމަދޫ ސްކޫލުގެ 6680840 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
15 ޖުމާދަލްއޫލާ 1437