ދިވެހިރާއްޖެ
އިޢުލާން
ވަގުތީގޮތުން އައު މެމްބަރޝިޕް ދޫކުރުން މެދުކަނޑާލުމާބެހޭ
2016 މާރިޗު 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިއެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާގައި، މިއެސޯސިއޭޝަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވުމާއެކު 2016 ފެބުރުވަރީ 24 ވަނަ ދުވަހު ބޭއްވުނު މިއެސޯސިއޭޝަންގެ އެގްޒެކެޓިވްކޮމިޓީގެ 2016 ވަނަ އަހަރުގެ 2 ވަނަ ޖަލްސާގައި 2016 މާރިޗު 03 ވަނަ ދުވަހުގެ 16:00 ގެ ފަހުން މިއެސޯސިއޭޝަންގެ އައު މެމްބަރޝިޕް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް ނިންމާފައިވާކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އަދި މިއެސޯސިއޭޝަންގެ މެމްބަރ ކްލަބް ޖަމްޢިއްޔާތަކާއި އަމިއްލަ މެމްބަރުން 2016 މާރިޗު 03 ން ވަނަ ދުވަހުގެ އޮފީސް ބަންދުވުމެގެ ކުރިން 2016 ވަނަ އަހަރަށް މެމްބަރޝިޕް ކާޑު އައުކުރުމަށް ވެސް ދަންނަވަމެވެ.
ވީމާ، މިކަން އެންމެހައި މެމްބަރުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.