މަސައްކަތް
ނަންބަރު: (IUL)400/INDIV/2016/11
ޕަބްލިޝްކުރި ތާރީޚް: 29 ފެބުރުވަރީ 2016
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި:
10 މާރިޗު 2016 10:00
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން
މާވަށުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން
ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯ ތަންފީޒުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން މާވަށުގައި ތަރައްޤީކުރެވޭ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 10 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މިއިދާރާއަށް ( ލ.މާވަށު ކައުންސިލް އިދާރާގެ މީޓިންގރޫމަށް ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 މާރިޗު 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.
މާކްސްދެވޭ ކްރައިޓީރިއާ
|
މާކްސް ދެވޭގޮތް
|
ތަފުސީލު
|
ފޮމިއުލާ
|
މަސައްކަތުގެ އަގު
|
65%
|
- ތަކެތި ނުވަތަ ޚިދުމަތުގެ އަގަށް ދޭ މާކްސް
- މާކްސް ދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކުރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ އެންމެ ކުޑައަގު
|
65x |
ހުށަހެޅިއަގު
|
|
މަސައްކަތް ނިންމާ މުއްދަތު
|
15%
|
- މަސައްކަތް ނިންމާ މުއްދަތަށް ދެވޭ މާކްސް
- މާކްސްދެވޭނީ މި ކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރުމުއްދަތަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތު
|
15x
|
ހުށަހެޅިމުއްދަތު
|
|
މާލީގޮތުން އެކަންކުރެވޭނެ ފެންވަރު
|
5%
|
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިވަރު ބަލައި ދެވޭ މާކްސް
- މާލީގޮތުން މަސައްކަތްކުރެވޭނެ ފެންވަރު ހުރިކަން ބަލާނީ ހުށަހަޅާ ބޭންކް ގެރެންޓީ ފަދަ ރަސްމީ ލިޔުންތަކަށް ބަލައިގެން އެންމެ ގިނައިން ހުރިފައިސާގެ އަދަދަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ހުށަހަޅާފައިވާ ފައިސާގެ އަދަދުތަކުގެ މައްޗަށް ބަލައިގެން ލިބޭ % އަކުންނެވެ.
- މިގޮތުން އެންމެ ގިނަމާކްސް ލިބޭނީ ފައިސާގެ އަދަދު އެންމެ ގިނައިން ހުރި ފަރާތަކަށެވެ.
|
ލިބުނުމާކުސް =
|
ހުށަހަޅާފައިވާ ފައިސާގެ އަދަދު
|
5x
|
ހުށަހަޅާފައިވާ އެންމެމަތީ ފައިސާގެ އަދަދު
|
|
ތަޖުރިބާ
|
15%
|
- ލިބިފައިވާ ތަޖުރިބާއަށް ދެވޭ މާކްސް
- ފާއިތުވެދިޔަތަނުގައި މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާއަށް ބިނާކޮށް މާކްސް ދެވޭވަރު ބަލާނީ އެންމެ ގިނައިން ތަޖުރިބާގެ ލިޔުން ހުށަހެޅި ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެންނެވެ.
- މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ގިނަ ތަޖުރިބާގެ ލިޔުން ހުށަހަޅާފައިވާ ފަރާތަކެށެވެ.
|
ލިބުނުމާކުސް =
|
ހުށަހެޅި ލިޔުމުގެ އަދަދު
|
15x
|
އެންމެ ގިނައިން ލޔުންހުށަހެޅި އަދަދު
|
|