ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
ފައިނޭންސް އޮފިސަރ |
މަޤާމް: |
އެމް. އެސް. 1 |
މަޤާމުގެ ރޭންކް: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ތުރާކުނު ކައުންސިލްގެ އިދާރާ |
އޮފީސް / އިދާރާ: |
ކޯޕަރޭޓް އެފެއާޒް |
ސެކްޝަން: |
ތުރާކުނު ކައުންސިލްގެ އިދާރާ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
-/5،610 ރުފިޔާ |
މުސާރަ: |
-/2،000 ރުފިޔާ |
ސަރވިސް އެލެވަންސް: |
1 (އެކެއް) |
ބޭނުންވާ އަދަދު: |
1. ބިޒްނަސް/ ފައިނޭންސް/ މެނޭޖްމަންޓް / އެކައުންޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ބިޒްނަސް/ ފައިނޭންސް/ މެނޭޖްމަންޓް / އެކައުންޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ބިޒްނަސް/ ފައިނޭންސް/ މެނޭޖްމަންޓް / އެކައުންޓިންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ ޝަރުޠުތައް:
|
1. ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެންދޭ ޚިދުމަތްތަކަށް، ގަވާއިދާ އެއްގޮތްވާގޮތުގެމަތިން ކަނޑައެޅިފައިވާ ފީ ނެގުން. 2. ކުއްޔަށް ދޫކުރެވޭ ބިންބިމާއި ތަކެތީގެ ކުލި، ގަވާއިދުން ނަގަމުން ގެންދިއުން. 3. ދުވަހުން ދުވަހަށް އޮފީހަށް ލިބޭ ފައިސާ ބަލައިގަތުމާއި، ލިބޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުން. 4. މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް ގަވާއިދުން ދެމުން ގެންދިއުމާއި، ކަމާގުޅޭ އެންމެހައި ލިޔެކިއުންތައް ބެލެހެއްޓުން. 5. މަގުގޯޅިތަކަށް އަރާ ރުއްގަހުގެ ބަދަލު ފައިސާ ހޯދުމާއި، ބަދަލުފައިސާ ހަވާލުކުރުމާއި، އެކަމާ ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުން. 6. ރައްޔިތުންނަށް ލިބޭ ފައިސާއާއި، ޚަރަދުވާ ފައިސާގެ ތަފްޞީލް ހިސާބު ގަވާއިދުން ބެލެހެއްޓުން. 7. އެކިއެކި ފަންޑުތަކާބެހޭ ހިސާބުތައް ގަވާއިދުން ބަލަހައްޓައި، ރިޕޯޓުތައް ތައްޔާރުކުރުން. 8. އޮފީހުގެ ސެކްޝަންތަކަށް ބޭނުންވާ ތަކެތި ހޯދުން. 9. ފައިސާއާ ގުޅޭ ރިޕޯޓްތަކާއި، އެހެނިހެން ލިޔެކިއުންތައް ނިންމަންޖެހޭ މުއްދަތަށް ގަވާއިދުން ނިންމަމުންދިއުމާއި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރެކޯޑް ބެލެހެއްޓުން. 10. އޮފީހުން އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ، ކަނޑައެޅިފައިވާ މުއްދަތުގައި އެފަރާތްތަކަށް ހަވާލުކުރުން. 11. މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ސެކްޝަނުން ހަމަޖައްސާ އުޞޫލެއްގެމަތިން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މަޤާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރެއިން، ކައުންސިލް އިދާރާއިން ކުރުމަށް ހަވާލުކުރާ ރަސްމީ މަސައްކަތްތައް ކުރުން. 12. މަތީގައިވާ ކަންކަމުގެ އިތުރުން، މުވައްޒަފުންގެ ލާބައާއި މަންފާއަށް ކުރެވޭ އެންމެހައި ކަންކަމުގައި ބައިވެރިވުން. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ވަޒީފާއަށް އެންމެ ޤާބިލްފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައިމިވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 15 ދުވަހުގެ ތެރޭގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ. |
އިންޓަވިއުއާއި، ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: |
2016 މާރިޗު 14 ވާ ހޯމަދުވަހުގެ ހެނދުނު 10:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާއަށެވެ. |
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: |
ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާއާއި، މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ. |
އުޖޫރައާއި ޢިނާޔަތްތައް: |
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ތުރާކުނު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) 4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. 5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6500035 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6500035 އެވެ. އީ މެއިލްކުރާނީ، thuraakunu@halifatoll.gov.mv އަށެވެ. |
އިތުރު މަޢުލޫމާތު: |
20 ރަބީޢުލްއޫލާ 1437