ދިވެހިރާއްޖެ
އިޢުލާން
ޕްރިންޓަރގެ ވަޒީފާގެ ފުރުޞަތު:
މި ސްކޫލުން 29 ފެބުރުވަރީ 2016 ގައި ކޮށްފައިވާ GS197/IUL/2016/003 ނަންބަރުގެ އިޢުލާނުގައިވާ މަޤާމުތަކުގެ ތެރެއިން ޕްރިންޓަރުގެ މަޤާމަށް ކަނޑައެޅިފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމަނަންޖެހޭ ދާއިރާ ހިމެނިފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށްފައި، ޕްރިންޓަރުގެ މަޤާމަށް އަލުން ފުރުޞަތު ހުޅުވައިލަމެވެ.
މަޤާމް: ޕްރިންޓަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް. އެސް. 3
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 3
މުސާރަ: -/3875 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އިދާރީ / ގއ. ކަނޑުހުޅުދޫ ސްކޫލް، ގއ. ކަނޑުހުޅުދޫ
އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިންއިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މަޤާމުގެ ޝަރުޠު:
މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ، މަޤާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ:
އިންފޮމޭޝަން ޓެކްނޮލޮޖީ
މަޤާމުގެ މަސްއޫލިއްޔަތު:
- ކިޔަވައިދިނުމާއި އެހެން ކަންތައްތަކާ ގުޅިގެން ޗާޕްކުރަންޖެހޭ ތަކެތި ޗާޕްކޮށް، ފޮޓޯކޮޕީ ނަގަންޖެހޭ ތަކެތި ފޮޓޯކޮޕީ ނެގުން.
- ޕްރިންޓްކުރުމަށް ބޭނުންވާ ހުރިހާ މެޝިންތައް ސަރވިސްކުރުވައި ބެލެހެއްޓުން.
- ޕްރިންޓްކުރުމަށް ބޭނުންވާ ކަރުދާހާއި ދެލިފަދަ ތަކެތި ދުރާލައި ހޯދުން.
- ތަކެތި ޗާޕުކުރުމަށާއި، ފޮޓޯކޮޕީ ނަގަން ޓީޗަރުން ހަވާލުކުރާ ސްލިޕްތައް ފައިލްކޮށް ބެލެހެއްޓުން.
- ލެމިނޭޓްކުރުމާއި، ބައިންޑްކުރުން.
- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އިދާރީގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
އިންޓަވިއު ކުރުން:
ހ. މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު، އިޢުލާނުގެ މުއްދަތު ހަމަވާތާ 5 ދުވަހުގެ ތެރޭގައި ކަނޑުހުޅުދޫ ސްކޫލުގައި އޮންނާނެއެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުން ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ކަނޑުހުޅުދޫ ސްކޫލު އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 މާރިޗު 22 ވާ އަންގާރަ ދުވަހުގެ 13:00 އެވެ.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ކަނޑުހުޅުދޫ ސްކޫލުގެ 7983078 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
1 ޖުމާދަލްއާޚިރާ 1437