ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ވަގުތީ އިމާމް / މުދިމު |
|||
ބޭނުންވާ އަދަދު: |
5 (ފަހެއް) |
|||
މަޤާމް އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަސްޖިދުއްރިޟުވާން (ބޮޑު މިސްކިތް)، މަސްޖިދުލްމަޢުބޫދު (ކުޑަ މިސްކިތް) |
|||
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު: |
އެއްބަސްވުމުގައިވާގޮތަށް މިސްކިތްތަކުގެ އިމާމުން މުދިމުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ދިނުމާއި، އިމާމުވެ ނަމާދުކުރުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. |
|||
މަޤާމް |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
ކޮންމެ ނަމާދު ވަގުތަކަށް |
މުދިމު |
ޖީ. އެސް. 1 |
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
|
33.77 ރުފިޔާ
|
އިމާމް: |
ޖީ. އެސް. 3 |
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،
|
39.77 ރުފިޔާ |
މަޤާމް: |
ވަގުތީ މަސައްކަތު |
|||
ބޭނުންވާ އަދަދު: |
5 (ފަހެއް) |
|||
މަޤާމް އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް |
|||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މަސްޖިދުއްރިޟުވާން (ބޮޑު މިސްކިތް)، މަސްޖިދުލްމަޢުބޫދު (ކުޑަ މިސްކިތް) |
|||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
އެއްބަސްވުމުގައިވާގޮތަށް މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ހާޒިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. |
|||
ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު: |
ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާގޮތަށް. |
|||
މަޤާމް: |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މަސައްކަތްކުރާ ގަޑިއިރަކަށް |
މިސްކިތު މަސައްކަތު |
އެސް. އެސް. 1 |
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1 |
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން. |
22.29 ރުފިޔާ |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ. |
|||
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން: |
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން ބާއްވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ. |
|||
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) - ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ. - ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް) - ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ. - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް) |
|||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 2016 މާރިޗު 20 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. |
|||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6600004 ނަންބަރު ފޯނާއެވެ. |
5 ޖުމާދަލްއާޚިރާ 1437