ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
ދިވެހި ނޫސްވެރިންގެ ތެރެއިން މަސައްކަތުގެ އަޚުލާޤާއި ނަޒާހަތްތެރިކަން ދައްކުވައިދީ ރަނގަޅު ފެންވަރެއްގައި މަސައްކަތްކުރާ ނޫސްވެރިންގެ މަސައްކަތް ފާހަގަކޮށް، މިނިވަން ނޫސްވެރިކަން ޒިންމާދާރު ގޮތުގައި ކުރިއަށް ގެންދިއުމަށް ހިތްވަރުދިނުމުގެ ގޮތުން މިކައުންސިލުން 9 އެވޯޑެއް ދޭންބޭނުންވާތީ، ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް އެވޯޑްތައް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 މާރިޗު 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
06 ޖުމާދަލްއާޚިރާ 1437