ކުއްޔަށް ހިފުން
ނަންބަރު: (IUL)438/1/2016/18
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 15:04
ސުންގަޑި:
21 މާރިޗު 2016 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހޯދުން
ގުދަނެއް ކުއްޔަށް ހޯދުން
ޗައިނާ ސަރުކާރުގެ ނެޝަނަލް ޑިވެލޮޕްމެންޓް އެންޑް ރިފޯމް ކޮމިޝަންގެ ހިލޭ އެހީގެ ގޮތުގައި ދިވެހި ސަރުކާރަށް ދެއްވާފައިވާ 125,000 ބޮތްކާއި 75,000 ހޮޅިބުރި ގުދަންކުރުމަށްޓަކައި 1000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކުއްޔަށް ހޯދުމަށް 03 މާރިޗު 2016ގައި ކުރެވުނު ނަންބަރު IUL)438/438/2016/40) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވުމުން، އެއިޢުލާން ބާޠިލުކޮށް، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަން ކުރިއަށްދާނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން 11 ފެބުރުވަރީ 2009 ގައި ހަދާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 31 އޮކްޓޫބަރު 2010ގައި އިތުރުކުރެވުނު "ބާބު 15: ދައުލަތުގެ ޕްރޮކިއުމަންޓް"ގެ ދަށުންނެވެ.
- ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މަޢުލޫމާތުޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
- މިމަސައްކަތުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 16 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮޑިޓޯރިއަމްގައެވެ.
- މިމަސައްކަތާ ގުޅިގެން ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 21 މާރިޗު 2016 ވާ ހޯމަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އޮޑިޓޯރިއަމްގައި، މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިވަގުތުގެ ފަހުން ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
- މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
ޕްރޮކިއުމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް: procurement@environment.gov.mv
ވެބްސައިޓް: www.environment.gov.mv
14 މާރިޗު 2016