ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނިން އިޢުލާން ކުރި ބިޑް ނަންބަރު: AI/BID/2016/010 އަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ، މި ބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރަމެވެ.
ޢުމަރު ޝޮޕިންގ އާރކެޑްގެ 05 ފަންގިފިލާގައިވާ (03 ވަނަ އިން 07 ވަނައަށް) މި ކުންފުނީގެ އޮފީސްބައިތަކުގެ އިންޓީރިއަރ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 މާރިޗު 2016 ވާ ބުދަ ދުވަހުގެ ހެނދުނު 10:30 އަށް މިކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 މާރިޗު 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކަށެވެ.
08 ޖުމާދަލްއާޚިރާ 1437