ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލުގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމުގެ ރޭންކް: |
ޖީ. އެސް. 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މުސާރަ: |
މަހަކު -/4،465 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1،500 ރުފިޔާ |
މީޑިއާ ކައުންސިލް އެލަވަންސް: |
މުސާރައިގެ 35 ޕަސެންޓް |
އިތުރުގަޑި: |
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
މަޤާމު އޮތް އޮފީސް: |
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ |
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް: |
މޯލްޑިވްސް މީޑިއާ ކައުންސިލް، ކޯޕަރޭޓް އެފެއާޒް |
މަޤާމުގެ ޝަރުޠުތައް:
|
1. މެނޭޖްމަންޓް ދާއިރާއާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. |
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: |
1. އެތިކްސް އެންޑް ލީގަލް ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ އިދާރީ މަސައްކަތް ކުރުމާއި، އެ ކޮމިޓީގެ ބައްދަލުވުންތައް އިންތިޒާމްކޮށް ބެލެހެއްޓުން. 2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން. 3. ކައުންސިލުން ބާއްވާ ވޯކްޝޮޕާއި، ސެމިނާރާއި، އެހެނިހެން ޓްރޭނިންގ ޕްރޮގްރާމްތައް އިންތިޒާމްކުރުމުގެ އިދާރީ މަސައްކަތްތައް ކުރުން. 4. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ހޯދަންޖެހޭ ތަކެތި ހޯދުމާއި، ބަޔާން ނަގަންޖެހޭ ފަރާތްތަކަށް ދަންނަވައިގެން އެ މައްސަލަތަކުގެ ރިޕޯޓް ލިޔެ ފައިލްކޮށް ބެލެހެއްޓުން. 5. ކައުންސިލް ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ކައުންސިލް ބައްދަލުވުންތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީއާއި އެޖެންޑާއާއި ޔައުމިއްޔާ ތައްޔާރުކުރުން. 6. ޔުނިޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި ސަރކިއުލަރފަދަ ތަކެތި ތައްޔާރުކޮށް ޑިސްޕެޗްކުރުމާއި، އަންނަ ސިޓީތައް ފައިލްކުރުން. 7. ކައުންސިލުގެ ޖަލްސާތަކުން އެކުލަވައިލައި، ވަގުތީ ކޮމެޓީތަކުގެ ޖަލްސާގެ ހާޒިރީއާއި ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 8. މެންޑޭޓުގައި ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން އެވަގުތަކު އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު. 4. މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު. 5. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތަކަށް ބަލައި، އިންޓަވިއުން އެންމަތީ މާކްސް ހޯދާ ފަރާތެއް. |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
|
ފޯމް ފޮނުވަންވީ ތާރީޚާއި ތަން: |
2016 އޭޕްރީލް 10 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މޯލްޑިވްސް މީޑިއާ ކައުންސިލަށް. |
އިންޓަވިއު އޮންނާނެ ތާރީޚާއި ތަން: |
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، 2016 އެޕްރީލް 17 އާއި 21 އާ ދެމެދުގައި މި ކައުންސިލުގައި އޮންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ، މި ކައުންސިލުގެ 3003886 ނަންބަރު ފޯނާ ގުޅުން އެދެމެވެ. |
18 ޖުމާދަލްއާޚިރާ 1437 |