މަސައްކަތް
ނަންބަރު: GS-95/2016/016
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 17:01
ސުންގަޑި: 04 އޭޕްރިލް 2016 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލުގައި އަލަށް އިމާރާތްކުރެވުނު 3 ކްލާސްރޫމު ހުރި ސަރަހައްދުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި ސްކޫލުގެ 3 ކްލާސްރޫމް ހުރި ސަރަހައްދާއި ސްކޫލަށް އަލަށް ލިބުނު ކުޅޭބިން ހުރި ސަރަހައްދުގެ ވަށާފާރު، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރާނައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 04 އެޕްރީލް 2016 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއާޚިރާ 1437

28 މާރިޗު 2016