ކުއްޔަށް ހިފުން
ނަންބަރު: 60-ADM/2016/86
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި:
07 އޭޕްރިލް 2016 14:00
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސްޓީއޯ ސުޕަރމާޓްގެ މުދާ ބެހެއްޓުމަށް ގުދަނެއް ހޯދުން
ސުޕަރމާޓްގެ މުދާ ބެހެއްޓުމަށް ގުދަނެއް ހޯދުން
އެސްޓީއޯ ސުޕަރމާޓްގެ މުދާ ބެހެއްޓުމަށް މާލެއިން ގުދަނެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ގުދަން ކުއްޔަށް ހިފުމަށް ބޭނުންވާ ޝަރުޠުތައް ތިރީގައި މިދަންނަވަނީއެވެ.
- 7000 އަކަފޫޓަށްވުރެ ކުޑަނޫން ގުދަނެއް ކަމުގައިވުން.
- ގުދަނުގެ މަސައްކަތް އެއްކޮށް ނިމިފައިވުމާއި، އޭސީ ހަރުކުރެވިފައިވުމާއި، އަދި ވާރޭ ހިޔާވުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ގުދަނެއްކަމުގައި ވުން.
- މުދާ ޖައްސާ ނެރުމުގައި ފަސޭހަ ތަނަކަށްވުން.
- 4 ޓަނަށްވުރެ ކުޑަނޫން ވެހިކަލް ޕާކުކުރެވޭނެ ޖާގަ އޮތް ގުދަނަކަށްވާނަމަ އިސްކަންދެވޭނެ.
- އެސްޓީއޯ 7 ނަންބަރު ކޮށި (އަމީނީމަގު) ކައިރިން ލިބޭ ގުދަނަކަށްވާނަމަ އިސްކަންދެވޭނެ.
- ގުދަނުގެ ކުލި ކަނޑައަޅާނީ އެސްޓީއޯއާ ޢިމާރާތުގެ ވެރިފަރާތުން އެއްބަސްވާ ގޮތުގެ މަތިން.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 07 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސްޓީއޯ ހެޑްއޮފީހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯން : 3344211
19 ޖުމާދަލްއާޚިރާ 1437
28 މާރިޗު 2016