ކުއްޔަށް ހިފުން
ނަންބަރު: ADMHR-MPL/2016/32
ޕަބްލިޝްކުރި ތާރީޚް: 31 މާރިޗު 2016
ޕަބްލިޝްކުރި ގަޑި: 20:22
ސުންގަޑި:
13 އޭޕްރިލް 2016 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ތިނަދޫ އިން ޢިމާރާތެއް ކުއްޔަށް ހިފުން
އިޢުލާން
އިމާރާތެއް ކުއްޔަށް ހިފުމާބެހޭ
މި ކުންފުންޏަށް ގދ. ތިނަދޫން އޮފީސް އިމާރާތަކަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ތަނެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 އޭޕްރިލް 13 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި ދެވިފައިވާ މަޢުލޫމާތުގެ މައްޗަށް މި ކުންފުނީގެ ގދ.ތިނަދޫ ޕޯސްޓް އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި 2015 އޭޕްރިލް 13 ވަނަ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބައިވެރިނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
އިމާރާތް ހޯދަން ބޭނުންވާ ރަށް:
- ގދ.ތިނަދޫ
ކުއްޔަށް ހިފަން ބޭނުންވާ އިމާރާތާބެހޭ ތަފުސީލު
- ޢިމާރާތުގެ ބޮޑުމިން ބަޔާން ކުރުން
- ޢިމާރާތަކީ އޮފީސް ހިންގުމަށް ބޭނުން ކުރެވޭ ފަދަ އިމާރާތަކަށްވުން
- ޢިމާރާތުގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުން
- ޢިމާރާތް ހުރި ސަރަހައްދު ބަޔާން ކުރުން
- ޢިމާރާތުގެ ކުލި ބަޔާން ކުރުން
- ސަރުކާރުގެ ޢިމާރާތެއްނަމަ އެފަރާތްތަކަށް ޢިސްކަން ދެވޭނެއެވެ.
- ޢިމާރާތް ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތު.
ކުއްޔަށް ހިފަން ބޭނުންވާ ޢިމާރާތުގައި ހުންނަޖެހޭ ކަންތައްތައް
- ޢިމާރާތުގެ ކަރަންޓާއި ފެން ވަކިކޮށްފައި ހުރުން .
- ޢިމާރާތުގައި ވަކިން ފޯނުލައިން އަޅާފައި ހުރުން.
- ޢިމާރާތުގައި ވަކިން ފާޚާނާ ހުރުން.
- ޢިމާރާތަކީ ސެކިއުރިޓީ ވަރުގަދަކޮށް ހަދާފައި ހުރި ޢިމާރާތަކަށްވުން.
- ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާގޮތަށް ހޯދޭ ޢިމާރާތަކަށް ވާތީ ޢިމާރާތުގެ ޚިދުމަތްދޭ އޭރިޔާ މަގުމަތިން އެތެރެ ފެންނަގޮތަށް ބިއްލޫރި ޖަހާފައިވާ ތަނަކަށްވުން
- ރަށުގެ ރަނގަޅު ހިސާބެއްކަމުގައިވުން (މައި މަގަށް ވާގޮތަށް ހުންނަ ތަނެއްކަމުގައިވުން).
ހުށަހަޅަންޖެހޭ އިތުރު މަޢުލޫމާތުތައް:
- ބިޑް ހުށަހަޅުއްވާއިރު ބިމާއި ޢިމާރާތުގެ ވެރިފަރާތްކަން ނުވަތަ ހުށަހަޅާ ތަނަކާ އެފަރާތަކާ ހުރިގުޅުން އެނގޭނެ ލިޔުމަކާއި އައި.ޑީ ކާޑުގެ ކޮޕީއާއެކު ހުށަހެޅުން
މި ބިޑާ ގުޅިގެން ޕޮއިންޓް ދެވޭނެގޮތް ތިރީގައި މިވަނީއެވެ.
- އަގު: %50
- ކުއްޔަށްދޭ މުއްދަތު: %20
- ސެކިއުރިޓީ ގޮތުން ވަރުގަދަ ޢިމާރާތެއްނަމަ: %30
31 މާރިޗު 2016