ދިވެހިރާއްޖެ
އިޢުލާން
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ:
ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
- މިމަދަރުސާގެ ދަރިވަރުން ބޭނުންކުރުމަށް ހުރި ކޮމްޕިއުޓަރތައް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިމަދަރުސާގެ ދަރިވަރުން ބޭނުންކުރުމަށް ހުރި ކޮމްޕިއުޓަރުތައް މަރާމާތުކުރުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 އެޕްރީލް 2016 ވާ އަންގާރަ ދުވަހުގެ 13:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އެހެންފަރާތެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ދުރުވާނަމަ އެފަރާތުގެ ސިޓީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަސްމީ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ ގެންނަންވާނެއެވެ. ބަދަލުގައި މަޢުލޫމާތު ސާފުކުރެވޭނީ ކޮންމެ ފަރާތަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިމަދަރުސާގެ ފޯނު ނަންބަރު: 6560575 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.