ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ކައުންސިލުގެ ބޭނުމަށް އެކި މައްސަލަތަކާ ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، އަދި ޤާނޫނީގޮތުން ކުރަންޖެހޭ ބައެއް އެހެނިހެން ކަންތައްތައް ކޮންޓްރެކްޓް އުސޫލުން 06 މަސްދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމަށް އިޢުލާން ކުރީމެވެ.
ކުރަންޖެހޭ މައިގަނޑު ކަންތައްތައް
- މީޑިއާ ކައުންސިލަށް ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ދިނުން.
- އެކުލަވާލާ ގަވާއިދުތަކަށް ޤާނޫނީ ލަފާދިނުން.
- އެކުލަވާލެވޭ އައު ޤާނޫނު/ބިލުތަކުގެ ތެރެއިން މީޑިއާ ކައުންސިލާ ގުޅުންހުރި ޤާނޫނު/ބިލްތަކުގެ އެނެލައިސިސްއާއެކު ޤާނޫނީ ލަފާ ދިނުން.
- މީޑިއާ ކައުންސިލުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ކައުންސިލުގެ ފަރާތުން ވަކާލާތުކުރުން.
- ޓްރާންސްލޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި، ޑޮކިއުމަންޓް (ދިވެހި/އިނގިރޭސި) ޓްރާންސްލޭޓް ކުރުން.
ވީމާ، މިމަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އެޕްރީލް 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އެޕްރީލް 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
04 ރަޖަބު 1437