ކުއްޔަށް ހިފުން
ނަންބަރު: TENDER/AS/2016/012
ޕަބްލިޝްކުރި ތާރީޚް: 14 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 20:40
ސުންގަޑި: 28 އޭޕްރިލް 2016 11:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެއިން ގުދަން ކުއްޔަށްހިފަން ބޭނުން

އަންދާސީހިސާބު ހޯދަން ބޭނުންވެއްޖެ

މިކުންފުނީގެ ބޭނުމަށް ހުޅުމާލެއިން ގުދަން ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އެޕްރީލް 21 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އެޕްރީލް 28 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ހުޅުމާލެ ހޮސްޕިޓަލްގެ 2 ވަނަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މިކުންފުނިން އިރުޝާދުދޭގޮތަކަށެވެ.

ޕްރޮކިޔުމެންޓް ޔުނިޓް

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ، އަމީނީ މަގު، މައްޗަންގޮޅި، 20375، މާލެ، ދިވެހިރާއްޖެ

އީމެއިލް: info@aasandha.mv      ވެބްސައިޓް: www.aasandha.mv

ފޯން: 3011418 960+    ފެކްސް: 3013636 960+

14 އޭޕްރިލް 2016