ދިވެހިރާއްޖެ
އިޢުލާން
ފުރާޅުގެ ޓިނާއި ދިޔަދޮވި ބަދަލުކުރުން:
މި މަދަރުސާގެ ހޯލު ޢިމާރާތުގެ އެއް ފުރާޅުގައި މިހާރުހުރި ޓިނާއި ދިޔަދޮވި ނަގައި އައުު ޓިނުޖަހައި އައު ދިޔަދޮވި ހަރުކުރަން ބޭނުންވެއެވެ. މިކަމަށް ބޭނުންވާ ޓިނާއި ދިޔަދޮވި މި މަދަރުސާއިން ދެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އެޕްރީލް 2016ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 27 އެޕްރީލް 2016 ވާ ބުދަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރުގައްޔާއި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅުއްވާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހައްވާ ފަރާތުން ބައިވެރިވެވަޑައިގަންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުވެވަޑައިނުގެންނެވުނު ސަބަބާއި، ބަދަލުގައި ފޮނުއްވަވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 ފޯނާ ގުޅުއްވުން އެދެމެވެ.
10 ރަޖަބު 1437