ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ޑިރެކްޓަރ ޖެނެރަލް |
މަޤާމުގެ ކްލެސިފިކޭޝަން: |
ޑިރެކްޓަރ ޖެނެރަލް |
މަޤާމުގެ ރޭންކް: |
އީ. އެކްސް. 5 |
ސަރވިސް: |
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް |
ސެކްޝަން/ޑިވިޜަން: |
- |
މުސާރަ: |
މަހަކު -/13,890 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2,000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ: |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1- ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2- ހިއުމަންރިސޯސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 3- ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
މަޤާމް: |
ސީނިއަރ ކޮމްޕިއުޓަރ ޓެކްނީޝަން |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 3 |
ސަރވިސް: |
ޓެކްނިކަލް ސަރވިސް |
ސެކްޝަން/ޑިވިޜަން: |
އަރލީ ވަރނިންގ އެންޑް އިމަޖެންސީ ރެސްޕޮންސް ސެކްޝަން، އެމަރޖެންސީ އިންފޮމޭޝަން މެނޭޖްމަންޓް ޔުނިޓް |
މުސާރަ: |
މަހަކު -/7035 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ: |
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 އާއި، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
|
މަޤާމް: |
އޮފީސް އެސިސްޓެންޓް |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 2 |
މަޤާމުގެ ރޭންކް: |
އެސް. އެސް. 2 |
ސަރވިސް: |
ސަޕޯޓް ސަރވިސް |
ސެކްޝަން/ޑިވިޜަން: |
ކޯޕަރޭޓް އެފެއާޒް ސެކްޝަން، އެޑްމިން/އެޗް.އާރު ޔުނިޓް |
މުސާރަ: |
މަހަކު -/3470 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/1000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ: |
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ތަޢުލީމާއި ތަޖުރިބާ: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ 3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން: |
05 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ ދުވަހު 12.00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ރިހިޖެހިކޮށި) އަށެވެ. |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސެންޓަރުގެ ކައުންޓަރުންނާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.) 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ) 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް 6. ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންގެންދާ މުވައްޒަފެއްނަމަ، މި ސެންޓަރުގެ ވަޒީފާއަށް ބަދަލުވުމާމެދު ވަޒީފާ އަދާކުރާ އޮފީހުން އިޢުތިރާޒް ނުކުރާކަމުގެ ސިޓީ) 7. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް) |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: |
- ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ. - މަސައްކަތު އަޚްލާޤު. - މަސައްކަތްކުރުމުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް. |
އިންޓަވިއު ކުރުން: |
މި މަޤާމްތަކުގެ ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 8 މޭ 2016 އިން ފެށިގެން މި ސެންޓަރުގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މި ވަޒީފާތަކަށް އެދިފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރާނީ، ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން: |
މި މަޤާމުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3333456 ނަންބަރު ފޯނާއެވެ. |
14 ރަޖަބު 1437