ދިވެހިރާއްޖެ
އިޢުލާން
ދ.ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 28 އެޕްރީލް 2016 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
މަސައްކަތާ ގުޅޭ ލިޔުންތައް (މަޢުލޫމާތުޝީޓު، ކުރެހުންތައް، ބީ.އޯ.ކިއު، އަގު ހުށަހަޅާ ފޯމު ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް (www.judiciary.gov.mv) އިން ލިބެން ހުންނާނެއެވެ.
ނަންނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 02 މޭ 2016 ދުވަހުގެ 14:00 ގެ ކުރިން އެ މައުލޫމާތު އެނގޭނޭގޮތަށް އެ ފަރާތުގެ ލެޓަރހެޑްގައި، construction@judiciary.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނަންނޯޓު ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެއެވެ.
އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 05 މޭ 2016
އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީހިސާބު ހުށަހަޅުއްވާނީ: މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެ ފަރާތަކުން ނަންނޯޓުކުރެއްވި ތަނަކަށެވެ.
18 ރަޖަބު 1437