މަސައްކަތް
ނަންބަރު: (IUL)348-EM/348/2016/38
ޕަބްލިޝްކުރި ތާރީޚް: 24 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 02 މޭ 2016 13:00
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީލިންގކޮށް، ކަރަންޓް ވަޔަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އެދުރުގޭ ގޯތީގައި ޢިމާރާތްކޮށްފައިވާ 4 ކޮޓަރި ސީލިންގކޮށް، ކަރަންޓް ވަޔަރުކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

އދ. އޮމަދޫ އެދުރުގޭ ގޯތީގައި ޢިމާރާތްކޮށްފައިވާ 4 ކޮޓަރި ސީލިންގކޮށް ކަރަންޓް ވަޔަރުކޮށްދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެފައެވެ.   

ވީމާ، ތަކެތި ދިނުމުން، މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2016 މޭ 02 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 05 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކައުންސިލުގެ އިދާރާއަށް ވަޑައިގަތުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތަކަށް އަންދާސީހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބުތައް ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

17 ރަޖަބު 1437

 

24 އޭޕްރިލް 2016