ކުއްޔަށް ހިފުން
ނަންބަރު: (IUL)23-AP/1/2016/46
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2016
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 16 މޭ 2016 10:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ލިޔެކިއުންތައް ރައްކާކުރުމަށްޓަކައި އެކަށީގެންވާ ގުދަނެއް 1 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)23-AP/1/2016/45 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.   

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 މޭ 09 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 މޭ 16 ވާ ހޯމަ ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

21 ރަޖަބު 1437
28 އޭޕްރިލް 2016