ދިވެހިރާއްޖެ
އިޢުލާން
ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރާ ބިމުގައި ހުރި ރުއްގަސް ނަގައިދޭނެ ފަރާތެއް ހޯދުން:
މި ރަށުގެ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރާ ބިމުގައި ހުރި އެކިއެކި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ ބަދަލު އެ ފަރާތްތަކަށް ދިނުމަށްފަހު، ރުއްގަސް ނަގައި، ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ޚަރަދުގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 މޭ 09 ވާ ހޯމަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މަސައްކަތް ކުރިއަށްގެންދެވުމަށް ނިންމަވާ ގޮތް ސިޓީއަކުން، 2016 މޭ 11 ވާ ބުދަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއަކާއި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅުއްވަން ޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
25 ރަޖަބު 1437