ކުއްޔަށް ހިފުން
ނަންބަރު: (IUL)196-C/1/2016/39
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 11 މޭ 2016 10:00
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މި އޮފީހުގެ ހުވަދު އަތޮޅު ދެކުނުބުރީ ގޮފި ހިންގާނެ ޢިމާރާތެއް، ގދ. ތިނަދޫން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)196-C/1/2016/36 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވީ 2 (ދޭއް) ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 މޭ 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 މޭ 16 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު، މިއޮފީހުގެ ގދ. އަތޮޅު ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.

މިއޮފީހުގެ ގދ ގޮފި މިހާރު ހިނގަމުންދަނީ ގދ. ތިނަދޫ / މެލަން ހައުސް ގޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 3003288 ފޯނާ ގުޅުއްވުން އެދެމެވެ.

01 ޝަޢުބާން 1437

08 މޭ 2016