ނީލަން
ނަންބަރު: 401-IUL(MU)/2016/29
ޕަބްލިޝްކުރި ތާރީޚް: 04 މޭ 2016
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 13 މޭ 2016 16:30
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްތައް ނީލަންކިޔުން

އިޢުލާން

ބޮޑުތަކުރުފާނުމަގު ދެކުނުކޮޅުގައި ހުރި ރުއްތައް ނީލަންކިޔުން

މި ރަށު ބޮޑުތަކުރުފާނުމަގު (ލިންކު ރޯޑް) ގެ ދެކުނުކޮޅު ސާފުކޮށް މަގުހެދުމަށް ބޭނުންވާތީ، އެ ސަރަހައްދުން މަގަށް އަރާ ރުއްތައް ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ރުއްތަކުގެ ނީލަން ކިޔުން އޮންނާނީ 2016 މޭ 13 ވާ ހުކުރު ދުވަހުގެ 16:30 ގައި ކުރިގަމު އަވަށު ގާދޫ ރައްޔިތުން ދިރިއުޅުމަށް ދޫކޮށްފައިވާ ހައުސިން ޔުނިޓުތަކު ދެކުނުން ބޮޑުތަކުރުފާނުމަގުގައެވެ.

ރުއްތައް ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 5 ބަޔަށް ބަހާލައިގެން ކޮންމެ ބައެއްގައި 10 ރުއް ހިމެނޭގޮތަށް ބައިއަޅައިގެންނެވެ. އެގޮތުން ފުރަތަމަ 4 ބައިން ބައެއްގައި 10 ރުއް އަދި 5 ވަނަ ބައިގައި 8 ރުއް ހިމެނޭނެއެވެ. މި ބައިތައް އެނގޭގޮތަށް ރުއްތަކުގައި ފެހިކުލައިން މިހާރު ވާނީ ނަންބަރު ޖެހިފައެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި ކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.

27 ރަޖަބު 1437

04 މޭ 2016