މަސައްކަތް
ނަންބަރު: (IUL)GZS/2016/40
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2016
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 19 މޭ 2016 10:30
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ގޭޓުގައި އިލެކްޓްރޯނިކް ތަޅެއް ހަރުކުރުން

އިލެކްޓްރޯނިކް ތަޅު ހަރުކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މި ސްކޫލުގެ އިރުމަތީ ފަރާތު ގޭޓުގައި އިލެކްޓްރޯނިކް ތަޅެއް ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 މޭ 16 ވާ ހޯމަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުއްވުން އޮންނާނީ 2016 މޭ 19 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނުވަތަ 3350775 ނަންބަރު ފޯނާއެވެ.

 

09 މޭ 2016