މަސައްކަތް
ނަންބަރު: M8C/2016/04
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2016
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 15 މޭ 2016 15:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި ކޯޓުންކުރި، މި ކޯޓުގެ ނަންބަރު: M8C/2016/03 އިޢުލާނާ ގުޅިގެން ސައްޙަ 03 އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުން 2016 މޭ 16 ވަނަ ދުވަހުގެ 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު ނުވަތަ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން ނަން ނޯޓުކުރެއްވުން އެދެމެވެ.

މަސައްކަތާ ގުޅޭ ލިޔުންތައް (މަޢުލޫމާތު ޝީޓް، ކުރެހުންތައް، ބީ.އޯ.ކިއު، އަގު ހުށަހަޅާ ފޯމު ހިމެނޭ ބިޑް ޑޮކިއުމަންޓް) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް (www.judiciary.gov.mv) ން ލިބެން ހުންނާނެއެވެ.

ނަން ނޯޓުކުރި ފަރާތްތަކުން މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، އެ މައުލޫމާތު އެނގޭގޮތަށް އެ ފަރާތެއްގެ ލެޓަރހެޑްގައި، 2016 މޭ 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން construction@judiciary.gov.mv އަށް މެއިލުކުރެއްވުން އެދެމެވެ. ނުވަތަ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. ނަން ނޯޓުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއްނޭޅޭނެއެވެ.

އަންދާސީހިސާބު ހުށަހަޅާ ތާރީޚް: 19 މޭ 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 11:00

އަންދާސީހިސާބު ހުށަހަޅުއްވާނީ މަތީގައި ދެންނެވިފައިވާ ގޮތުގެމަތިން އެފަރާތަކުން ނަން ނޯޓުކުރެއްވި ތަނަކަށެވެ.

05 ޝަޢުބާން 1437 

12 މޭ 2016