ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް، ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: ކާޕެންޓަރ
އަސާސީ މުސާރައިގެ ރޭންޖް: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުޞޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން / އެމް. ޓީ. ސީ. ސީ. ސޯމިލް
މަޤާމުގެ ޝަރުޠު:
- ގްރޭޑް 8 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 3 މަސްދުވަހަށްވުރެ ކުރު ނޫން މުއްދަތެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން.
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަސައްކަތް ކޯޑިނޭޓްކުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ، ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ ފަރާތުން ކުރާ މަސައްކަތްތަކުގައި ކުރަންޖެހޭ އެންމެހައި ވަޑާމުގެ މަސައްކަތް، ދެވޭ ތަފްސީލާ އެއްގޮތަށް ކުރުން.
ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން، 2016 މޭ 19 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީއާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، ފޯމާއެކު ހުށެހެޅުން އެދެމެވެ. މިތަކެތި، ފެކުހުންވެސް، އީމެއިލުންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމު، ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ. ސޯމިލް / ފުރަތަމަ ފަންގިފިލާ) ލިބެން ހުންނާނެއެވެ.
ފެކްސް ނަންބަރު: 3344924
އީމެއިލް: info@mreic.com.mv
ނޯޓު:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީގެގޮތުގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތު ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
5 ޝަޢުބާން 1437