މަސައްކަތް
ނަންބަރު: (IUL)GZS/2016/41
ޕަބްލިޝްކުރި ތާރީޚް: 19 މޭ 2016
ޕަބްލިޝްކުރި ގަޑި: 15:59
ސުންގަޑި: 01 ޖޫން 2016 10:30
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ދިޔަދޮވި ނައްޓައި އަލުން އާ ދިޔަދޮވި ހަރުކުރުން

ސްކޫލުގެ ދިޔަދޮވި މަރާމާތުކުރަން ބޭނުންވެއްޖެ

މި ސްކޫލުގެ ފުރާޅުގެ ވަށައިގެން ހަރުކޮށްފައިވާ ދިޔަދޮވި ބާވުމުގެ ސަބަބުން އެދިޔަ ދޮވި ނައްޓައި އަލުން އަމިއްލަ ތަކެތީގައި ދިޔަދޮވި ހަދައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 29 މޭ 2016 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ބިޑް ހުށަހަޅުއްވުން އޮންނާނީ 1 ޖޫން 2016 ވާ ބުދަ ދުވަހުގެ 10:30 އަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3350744 ނުވަތަ 3350775 ނަންބަރު ފޯނާއެވެ.

19 މޭ 2016