ދިވެހިރާއްޖެ
އިޢުލާން
އެޅިގަލާއި ދަގަނޑު ގަތުން:
ތިރީގައިވާ ތަކެތި މި މަދަރުސާއަށް ގަންނަން ބޭނުންވެއްޖެއެވެ.
އެޅިގައު 12 × 6 ×4 (އިންޗި) ފަސް ވެލި، އެއް ސިމެންތީގެ ނިސްބަތުން އަޅާފައިހުރި ގައު.
އެނބުރި ދަގަނޑު 10 އެމްއެމްގެ
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 މޭ 31 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 07 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.
އަންދާސީހިސާބު ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅުއްވާ ވަގުތުގައެވެ. މި ބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވެވަޑައިގަންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ހާޒިރުވެވަޑައިނުގެންނެވުނު ސަބަބާއި ފޮނުއްވަވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސުކޫލުގެ ނަންބަރު 6780572 ފޯނާ ގުޅުއްވުން އެދެމެވެ.
19 ޝަޢުބާން 1437