ދިވެހިރާއްޖެ
އިޢުލާން
ހދ.ކޭލަކުނު ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ހދ.އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިއަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ތިރީގައިމިވާ ރަށް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރީމެވެ.
ރަށް |
ހެކްޓަރ |
ހދ.ކޭލަކުނު |
80.23 |
ވީމާ، މިރަށް ބެލެހެއްޓުމަށް އެދޭ ފަރާތްތަކުން، 09 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަތޮޅުކައުންސިލްގެ އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމުގައި ބައިވެރިވެވޭނީ މިފަދަ މަސައްކަތް ކޮންޓްރެކްޓް އުސޫލުންކުރާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ގަވާއިދުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެފަރާތެއްގެ ސިޓީއާއެކު ހުށަހެޅުމުން ޤަބޫލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު އައި.ޑީ. ކާޑުގެ އަސްލު ގެންނެވުން އެދެމެވެ.
24 ޝަޢުބާން 1437