ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އެސޯސިއޭޝަނަށް ތިރީގައިމިވާ މަޤާމަށް މުއައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީ.އޯ.އޯ)
ބޭނުންވާ އަދަދު: 1 (އެކެއް)
ފެންވަރު ނުވަތަ ޝަރުޠު: ޖީސީއީ އޯލެވެލް އިމްތިޙާނުގައި "އިނގިރޭސި" އާއި "ހިސާބު" މި ދެ މާއްދާއިން ފާސްވެފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި ދެ މާއްދާއިން ފާސްވެފައިވުމާއި، އެޑްމިނިސްޓްރޭޓިވް ދާއިރާއިން ތަޖުރިބާ ލިބިފައިވުމާއެކު، ސްޕޯޓްސް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެކަން ދަންނަވަމެވެ.
ފެށޭ މުސާރަ: މަހަކު -/7000 ރުފިޔާއާއި -/12000 ރުފިޔާއާ ދެމެދު.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސެޓްފިކެޓްތަކުގެ ކޮޕީއާއި، ދިވެހި ރައްޔިތެއްކަން ކާޑުގެ ކޮޕީއާއި، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މި އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.
29 ޝަޢުބާން 1437