މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
ޖީ.އެސް 3
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/4،465 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1،500 ރުފިޔާ
|
އިނާޔަތް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް (ކުލުނުވެހި، 7 ވަނަ ފަންގިފިލާ) /އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް/ މާލެ
|
އަސާސީ ޝަރުޠު:
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޔުނިޓުގެ ރިސެޕްޝަނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން.
- ޔުނިޓަށް އަންނަ ސިޓީއާއި ލިޔުންފަދަ ތަކެތި ބަލައިގަނެ، އެންޓްރީ ބެލެހެއްޓުން.
- އެކިއެކި ބޭނުންތަކުގައި ޔުނިޓަށް އަންނަ ފަރާތްތަކަށް އެޓެންޑް ކުރުން.
- ޔުނިޓުގެ އަހަރު ރިޕޯޓާބެހޭ މަސައްކަތްކުރުން.
- ޔުނިޓަށް ލިބޭ ސިޓީތަކުގެ ތެރެއިން، އެހެން އޮފީސްތަކަށް ޖަވާބު ދޭންޖެހޭ ސިޓީފަދަ ތަކެތި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިޔެ އެފަރާތްތަކަށް ފޮނުވުން.
- ޔުނިޓުގެ ޔައުމިއްޔާ ލިޔުން.
- ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.
- ޔުނިޓުން އިންތިޒާމުކުރާ ބައްދަލުވުންތައް އިންތިޒާމުކުރުން
- ސްޓޮކް ބެލެހެއްޓުން
- އިންވެންޓްރީ ބެލެހެއްޓުން.
- މަރާމާތަށް ބޭނުންވާ މަސައްކަތްތައް ކުރުން
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
|
މަޤާމު: ސޯޝަލް ސަރވިސް އޮފިސަރ
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
އެމް.އެސް 1
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/5،610 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
|
އިނާޔަތް:
|
- ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35.
- ފީލްޑަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/100 ރުފިޔާ.
- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް (ކުލުނުވެހި، 7 ވަނަ ފަންގިފިލާ) /ރިހިބިލިޓޭޝަން އެންޑް ރިއިންޓަގްރޭޝަން ސަރވިސް ސެކްޝަން/ މާލެ
|
އަސާސީ ޝަރުޠު:
|
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުުކޮށްފައިވުމާއެކު، ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުުކޮށްފައިވުން
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޔަވާން ގުނާވެރިންގެ (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) ވޭދަނައިގެ މަސައްކަތްކުރުން
- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި، އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، އެތަންތަނަށް ދަތުރުކޮށް ވޭދަނައިގެ މަސައްކަތްކުރުން
- ކުޑަކުދިންނާ ބެހޭ ކޯޓުތަކުގައި ޝަރީޢަތްތައް އަޑުއެހުމާއި، ވޭދަނަ ސިންތާތަކުގައި ބައިވެރިވުމާއި ކޯޓުތަކަށް ބޭނުންވާ އެސެސްމަންޓުތައް ހެދުން
- ޔަވާން ގުނާވެރިން (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) ނަށް ޝަރުޢީ ނިޒާމުން ބޭރުގައި ބަދަލު ޕްރޮގްރާމް ހިންގުން
- ބަންދުގައި ތިބޭ ކުދިންނަށް ލައިފް ސްކިލްސްފަދަ ސެޝަންތައް ހިންގުން
- ޔަވާން ގުނާވެރިން (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) އަށް އަމާޒުކޮށް ނަސޭހަތްދިނުމުގެ ސެޝަންތައް ހިންގުން
- ހޯމް ވިޒިޓް ކުރުން
- ޔަވާން ގުނާވެރިން (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) ނާބެހޭ ގޮތުން ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) އާއި ވިލީ ސިންތާ (ކޮމިއުނިޓީ ކޮންފަރެންސް) ބޭއްވުމުގެ މަސައްކަތް އިންތިޒާމުކުރުން
- އިޞްލާޙުކުރުމަށްޓަކައި މުޖުތަމަޢުން އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކުދިންގެ ހާލަތު މޮނިޓަރކުރުމާއި، ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އެހީތެރިކަން ދިނުން
- ޔަވާން ގުނާވެރިންނާބެހޭ ގޮތުން މުވައްސަސާތަކުން ހުށަހެޅޭ ރިފަރަލްތަކުގައި ހިމެނޭ ކުދިންގެ އެސެސްމަންޓް ނުވަތަ ސޯޝަލް އިންކުއަރީ ރިޕޯޓް ހެދުން
- ޔަވާން ގުނާވެރިންނަށް ބަދަލު ޕްރޮގްރާމް (ޑައިވަރޝަން ޕްލޭން) ހިންގުން
- ޔަވާން ގުނާވެރިންގެ އާފްޓަރ ކެއަރ ބެލެހެއްޓުން
- ޔަވާން ގުނާވެރިންގެ ތެރެއިން މުޖްތަމަޢުން އެކަހެރި ކުރަންޖެހޭ ކުދިންގެ އިޖުރާޢާތުތައް ފުރިހަމަކުރުމާއި އެ ކުދިންގެ ހާލަތު މޮނިޓަރކުރުމާއި ޕްރޮގްރެސް ރިޕޯޓް ހެދުން
- އެކަހެރިކުރެވޭ ކުދިން ސެންޓަރުގައި ތިބޭ އިރު، އެކުދިންގެ ބެލެނިވެރިން، އެކުދިންނާ ބައްދަލުކުރެވޭނޭ އިންތިޒާމު ހަމަޖެއްސުން
- އެކަހެރިކުރެވޭ ކުދިންގެ ރިހިބިލިޓޭޝަން ޕްރޮގްރާމް ނިމުމުން އެ ކުދިން އަނބުރާ މުޖުތަމަޢަށް ފޮނުވުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން
- ޔުނިޓަށް ހުށަހެޅޭ ކުދިންގެ މައްސަލަތަކާ ބެހޭ ފައިލު ބެލެހެއްޓުން
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން
|
މަޤާމު: ސީނިއަރ ސޯޝަލް ސަރވިސް އޮފިސަރ
|
ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް:
|
އެމް.އެސް 2
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/6،295 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
|
އިނާޔަތް:
|
- ހަމަޖެހިފައިވާ އުސޫލުން ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35.
- ފީލްޑަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސްގެ ގޮތުގައި -/100ރުފިޔާ.
- އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް (ކުލުނުވެހި، 7 ވަނަ ފަންގިފިލާ) /ރިހިބިލިޓޭޝަން އެންޑް ރިއިންޓަގްރޭޝަން ސަރިވިސް ސެކްޝަން/މާލެ
|
އަސާސީ ޝަރުޠު:
|
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރައަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 6 ގެ ސަނަދެއް ހާސިލުުކޮށްފައިވުން، ނުވަތަ
- ސޯޝަލޮޖީ / ސޯޝަލް ވޯކް / ކްރިމިނޮލޮޖީ / ސައިކޮލޮޖީ / ކައުންސިލިންގގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލެ 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުުކޮށްފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ޔުނިޓަށް ހުށަހެޅޭ ޔަވާން ގުނާވެރިން (ޤާނޫނާ ޚިލާފު ކުށްކުރާ 18 އަހަރުން ދަށުގެ ކުޑަކުދިން) ގެ މައްސަލަތަކުގައި، އެ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރުން
- ވޭދަނައިގެ މަސައްކަތްކުރާ ޚިދުމަތްތެރިން (ކޭސް ވަރކާސް) ގެ މަސައްކަތްތައް ސްޕަރވައިޒް ކުރުން
- ކުށްކުރާ ކުދިންގެ މައްސަލަތަކުގައި ގަވާއިދުން ހޯމްވިޒިޓް ކުރުމާއި ސްޕަރވައިޒްކުރުން
- އަތޮޅުތަކުން ހުށަހެޅޭ މައްސަލަތަކުގައި (އެތަންތަނަށް ގޮސް މަޢުލޫމާތު ނަގަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ) އެރަށަކަށް ގޮސް ވޭދަނައިގެ މަސައްކަތްކުރުން
- ކޯޓްގައި ހިންގާ ކުޑަކުދިންގެ ޝަރީޢަތްތަށް އަޑުއެހުމާއި، ވޭދަނަ ސިންތާ (ކޭސް ކޮންފަރެންސް) ތަކުގައި ބައިވެރިވުމާއި ކޯޓުންނާއި އެހެނިހެން މުއްސަސާތަކުން ބޭނުންވާ އެސެސްމަންޓާއި ސޯޝަލް އިންކްއަރީ ރިޕޯޓް ހެދުން
- ޔަވާން ގުނާވެރިންނަށް ނަސޭހަތްދިނުން
- ޔަވާން ގުނާވެރިންނާ ބެހޭ ގޮތުން ވޭދަނަ ސިންތާއާއި ވިލީ ސިންތާ ބޭއްވުމުގެ މަސައްކަތް އިންތިޒާމްކުރުން
- ކުށްކުރާ ކުދިންނަށް ޝަރުޢީ ނިޒާމުން ބޭރުން ބަދަލު ޕްރޮގްރާމް ހިންގުން
- އިޞްލާޙުކުރުމަށްޓަކައި މުޖުތަމަޢުން އެކަހެރިކުރެވޭ ކުދިންނާއި ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ކުދިން މޮނިޓަރކުރުމާއި، އެ ކުދިންނަށް ސައިކޯ ސޯޝިއޯ ސަޕޯޓް ދިނުމާއި ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުން
- އިޞްލާޙީ މަރުކަޒަށް ފޮނުވަންޖެހޭ ކުދިންގެ އިޖުރާޢާތުތައް ބެލެހެއްޓުން
- އިޞްލާޙީ މަރުކަޒަށް ފޮނުވަންޖެހޭ ކުދިންގެ ޕްރޮގްރެސް ރިޕޯޓް ހެދުން
- ވޭދަނައިގެ މަސައްކަތުގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން
- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ދިނުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ އިތުރު ކަންތައްތައް:
|
- ދިވެހި ބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
މަޤާމު: މަސައްކަތު
|
ކްލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
ރޭންކް:
|
އެސް.އެސް 1
|
ބޭނުންވާ އަދަދު:
|
1
|
މުސާރަ: މަހަކު -/3،100 ރުފިޔާ
|
ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ
|
އިނާޔަތް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާ އަދާކުރަންޖެހޭ އޮފީސް / ސެކްޝަން / ތަން
|
ޖުވެނައިލް ޖަސްޓިސް ޔުނިޓް (ކުލުނުވެހި، 7 ވަނަ ފަންގިފިލާ) /އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް/ މާލެ
|
އަސާސީ ޝަރުޠު:
|
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- އޮފީސްތެރެ ކުނިކަހައި ފޮޅައި ސާފުކޮށް ބެލެހެއްޓުން
- އޮފީހުގެ މޭޒުތަކާއި ތަންތަން ފޮޅައި ސާފުކުރުން
- އޮފީހުގެ ސައިކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން
- އޮފީހުގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުން
- ކުނިއަޅާ ޑަސްބިންތައް ސާފުކުރުން
- މީގެ އިތުރުންވެސް އޮފީހުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ އިތުރު ކަންތައްތައް:
|
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.
|
އިންޓަރވިއު އާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚާއި ތަން:
|
މި މަޤާމުތަކަށް މީހަކު ހޮވުމަށް ބޭއްވޭ ޕްރެކްޓިކަލް އަދި އިންޓަރވިއު އޮންނާނީ 2016 ޖޫން 26 ވަނަ ދުވަހާއި 2016 ޖުލައި 25 ވަނަ ދުވަހާ ދެމެދުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒު (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގައި.
|
އިތުރު މަޢުލޫމާތު:
|
- މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓުފިކެޓުތަކުގެ އަސްލުތަކާއި ދިވެހި ރައްޔިތެއްކަންއަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3313325 ނަންބަރު ފޯނަށް، ނުވަތަ 3323820 ނަންބަރު ފޯނަށެވެ.
|
ހުށަހަޅަން ޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރުންނާއި މި މިނިސްޓްރީގެ ވެބްސައިޓް www.homeaffairs.gov.mv އިން ލިބެން ހުންނާނެއެވެ.)
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
(ށ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓުފިކެޓުތައް (އެކްރެޑިޓްކޮށްފައި ނުވި ނަމަވެސް)
3. ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (އެޕްލިކޭޝަން ފޯމާއެކުވާ).
5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
2016 ޖޫން 19 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ކައުންޓަރަށް.
|