ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފަކު ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމް:
- މަޤާމުގެ ނަން: އެސިސްޓެންޓް ޑިރެކްޓަރ
- ބޭނުންވާ އަދަދު: 1 (އެކެއް)
- މަޤާމުގެ ގިންތި: ދާއިމީ
- މަޤާމުގެ ރޭންކް: އެމް. އެސް. 3 (މެނެޖީރިއަލް ސަރވިސް 3)
- މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ
- ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
- ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ސެކްޝަން
މަޤާމުގެ މުސާރައާއި ޢިނާޔަތްތައް:
- މުސާރަ: މަހަކު -/7035 ރުފިޔާ
- ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ
މަޤާމުގެ ޝަރުޠުތައް:
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
- ބިޒްނަސް މެނޭޖްމަންޓް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
- ޕްރޮޖެކްޓް މެނޭޖްމަންޓް
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- މަޤާމުގެ މަސައްކަތާ ގުޅިގެން، އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމާއި، ކައުންސިލްގެ ޒިންމާދާރުވެރިޔާއަށް ޖަވާބުދާރީވުން.
- ސެކްޝަނަށް ލިބޭ ސިޓީ، މެސެޖް ފަދަ ލިޔުންތަކަށް ޖަވާބުދާރީވުމާއި، ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކޮށް ބެލެހެއްޓުން.
- ކައުންސިލުން ހަދާ އެކިއެކި ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި، އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން.
- ރަށުގެ މުނިސިޕަލް މަސައްކަތްތައް ރާވައި ހިންގުން.
- އެކިއެކި މަސައްކަތުގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.
- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި، މިސްކިތްތަކާއި، ޕާކުފަދަ ތަންތަން މަރާމާތުކުރުމާއި، ބެލެހެއްޓުން.
- ރަށުގެ އިޖުތިމާޢީ ކަންތައްތަކާއި، އެކިއެކި އާންމު ޚިދުމަތްތައް ރައްޔިތުންނަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ އިންތިޒާމްތަކާއި މަސައްކަތް ރާވައި ހިންގުން.
- ރަށުގެ ތަރައްޤީގެ ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނުގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން.
- ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތްކުރުމާއި، އެ ޕްލޭނާ އެއްގޮތަށް ރަށުގެ ބިންތައް ބޭނުންކުރުމާބެހޭ އެންމެހައި ކަންތައްތައް ހިންގުމާއި ރަށާބެހޭ ތަފާސްހިސާބުތައް ހޯދައި ބެލެހެއްޓުން.
- އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ރަށުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރިއެރުވުމަށް މަސައްކަތް ކުރުމާއި، ކޮމިޓީތަކާއި، ކްލަބް ޖަމްޢިއްޔާތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ނީލަންކިޔަންޖެހޭ ތަކެތި ނީލަން ކިއުމާއި، ލަނގުވާ ތަކެއްޗާ ގުޅޭ ކަންކަން ކުރުން.
- މަޤާމުގެ މަސައްކަތާ ގުޅޭގޮތުން އާންމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާތަކަށް ޖަވާބުދާރީވުން.
- ސެކްޝަނުގެ ވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- ކައުންސިލް އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްކުރުން.
ވަޒީފާއަށް އެންމެ ޤާބިލްމީހަކު ހޮވުމަށް ބެލެވޭނެ ކަންކަން:
1- ލިބިފައިވާ ތަޢުލީމާއި ތަމްރީނު: %50
2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ: % 12
3- ލިބިފައިވާ ހުނަރު (އިންޓަވިއު، ޕްރެކްޓިކަލްސް): %38
އިންޓަވިއުއާއި ޕްރެކްޓިކަލްސް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޓިކަލްސް އޮންނާނެ ތަނާއި ތާރީޚާއި ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 6 ދުވަހުގެ ތެރޭގައި، ޝަރުޠު ހަމަވާ ފަރާތްތަކަށް ލިޔުމުން އެންގޭނެއެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް، 2016 ޖޫން 15 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.
އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ (އެކްރިޑެޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ، ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ ބޮންޑެއްގައިހުރި މުވައްޒަފަކު މި އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދާ އޮފީހުގެ ލިޔުން.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފުކޮޕީ.
- ވަޒީފާއަށް ކުރިމަތިލާފަރާތުގު ވަނަވަރު/ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އިދާރާއަށް ހާޒިރުވުމުން ނުވަތަ މި އިދާރާގެ 6600004 ނަންބަރު ފޯނާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
29 ޝަޢުބާން 1437