ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ ބައެއް ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:
މި އިދާރާގެ ނަންބަރު:(IUL)275-BF/275/2016/14 (23 ޖޫން 2016) އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުނުކުރެވިވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި އިދާރާއަށް ބޭނުންވާ ތިރީގައި މިދަންނަވާ ފަރުނީޗަރު މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
10 އެގްޒެކްޓިވް ޗެއަރ (ހައިބެކް)
06 އެގްޒެކްޓިވް ޗެއަރ (މީޑިއަމް ބެކް)
02 އޮފީސް މޭޒު (އެއްކޮޅު ވަތްބަރި ލީ)
02 ފައިލް ހަރު (ދެ ދޮރުފަތް ލީ)
02 ފައިލިންގ ކެބިނެޓް (3 ޑްރޯވަރގެ)
02 ބެންޗް ޗެއަރ (4 ޝީޓުގެ)
ވީމާ، އަމިއްލަ ޚަރަދުގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ބިޒްނަސް ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅުއްވަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ހިތާމަޔާއެކު ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ރަމަޟާން 1437