ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ބޭނުންވާ އައި.ޓީއާ ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި އިދާރާގެ ނަންބަރު:(IUL)275-BF/275/2016/15 (23 ޖޫން 2016) އިޢުލާން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުނުކުރެވިވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި އިދާރާއަށް ބޭނުންވާ އައި.ޓީއާ ގުޅޭ ތިރީގައި މިދަންނަވާ ތަކެތި މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
03 ކޮމްޕިއުޓަރ ސިސްޓަމް
01 ލެޕްޓޮޕް
01 ޕްރިންޓަރ (ބްލެކް އެންޑް ވައިޓް)
01 ޕްރިންޓަރ (ކަލަރ)
ވީމާ، އަމިއްލަ ޚަރަދުގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 4 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބިޒްނަސް ރަޖިސްޓްރޭޝަނުގެ ކޮޕީއާއި، ބަދަލުގައި ހާޒިރުވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅުއްވަންޖެހޭނެއެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މި ފުރުޞަތުގައި ހިތާމަޔާއެކު ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ރަމަޟާން 1437