ދިވެހިރާއްޖެ
އިޢުލާން
ދެބުރިޢިމާރާތުގެ އަސްކެނި ސީލިންގ ކުރުމާއި 1 ކްލާސްރޫމުގެ ސީލިންގ މަރާމާތުކުރުން
މިމަރުކަޒުގެ ނަންބަރު GS09/2016/26 (25 މޭ 2016) ގައި ކުރެވުނު އިޢުލާން ބާޠިލުކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.
މިމަރުކަޒުގައި ދެބުރި ޢިމާރާތުގެ އަސްކެނި ސީލިންގ ކުރުމާއި 1 ކްލާސްރޫމުގެ ސީލިންގ މަރާމާތުކުރުމަށް ބޭނުންވެއެވެ. މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވަނަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުމާއި ބީލަންފޯމު ދޫކުރުން 2016 ޖުލައި 10 ވަނަދުވަހުގެ މެންދުރުފަހުގެ 1:00 ގައި މިމަރުކަޒުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް ބީލަންފޯމު ދޫނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ރަމަޟާން 1437