ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
މަޤާމް: ރިލީފް ޓީޗަރ |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމުގެ ނަންބަރު: |
މަޤާމުގެ ގިންތި: ވަގުތީ |
ސަރވިސް: ޕްރޮފެޝަނަލް އޭ |
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އޮމަދޫ މަދަރުސާ / ތ. އޮމަދޫ |
|
މުސާރައާއި ސަރވިސް އެލަވަންސް: - ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: މުސާރަ މަހަކު -/4500 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ - މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: މުސާރަ: މަހަކު -/5500 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ - ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ: މުސާރަ: މަހަކު -/6090 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
|
ފެންވަރު ނުވަތަ ޝަރުޠު: ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވުން ނުވަތަ މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: 1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން. 2. ސްކީމް، ލެސަން ޕްލޭން ހެދުމާއި ޓީޗިންގ އެއިޑްސް ހެދުން. 3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން. 4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: 1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.) 2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކުރެވިފައިވާ ކޮޕީ) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް. 4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) 5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.) |
|
ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި: 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ. |
|
އިންޓަވިއު:މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ މެރިޓްއުސޫލުންކަމަށްވާތީ، އިންޓަވިއުކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ. |
|
އިތުރު މަޢުލޫމާތު: އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. |
|
29 ރަމަޟާން 1437 |