ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: ރިލީފް ޓީޗަރ
ބޭނުންވާ އަދަދު: 2 (ދޭއް)
މަޤާމުގެ ގިންތި: ވަގުތީ
މަޤާމުގެ ނަންބަރު:
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: އޮމަދޫ މަދަރުސާ / ތ. އޮމަދޫ
ސަރވިސް: ޕްރޮފެޝަނަލް އޭ
މުސާރައާއި ސަރވިސް އެލަވަންސް:
- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: މުސާރަ، މަހަކު -/4500 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
-މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ: މުސާރަ، މަހަކު -/5500 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ: މުސާރަ، މަހަކު -/6090 ރުފިޔާ، ސަރވިސް އެލަވަންސް: މަހަކު-/2500 ރުފިޔާ
އިތުރުގަޑީގެ ފައިސާ:
އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ފެންވަރު ނުވަތަ ޝަރުޠު:
ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ މަތީ ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.
2. ސްކީމާއި، ލެސަން ޕްލޭނާއި، ޓީޗިންގ އެއިޑްސް ހެދުން.
3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.
4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި، މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)
2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
6. ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)
ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:
2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ.
އިންޓަވިއު:
މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ މެރިޓްއުސޫލުންކަމަށްވާތީ، އިންޓަވިއު ކުރުމެއް ނޯންނާނެއެވެ.
މި ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަން:
މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
9 ޝައްވާލް 1437