ދިވެހިރާއްޖެ
ބިޑް ނަންބަރު: AI/BID/2016/035
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކުންފުނިން އިޢުލާންކުރި ބިޑް ނަންބަރު: AI/BID/2016/033 އަށް އެކަށީގެންވާ ވަރަށް ޕްރޮޕޯޒަލް ލިބިފައިނުވާތީ މި ބިޑް ކެންސަލްކޮށް އަލުން ހުޅުވާލަމެވެ.
ޢުމަރު ޝޮޕިންގ އާރކޭޑްގައިވާ މިކުންފުނީގެ އޮފީހުގެ ބައެއްގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 7 ވާ އާދީއްތަދުވަހުގެ ހެނދުނު 11:00 އަށް މިކުންފުނީގެ ހެޑްއޮފީހަށް (އެސް.ޓީ.އޯ ޓްރޭޑް ސެންޓަރުގެ 04 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 10 ވާ ބުދަދުވަހުގެ ހެނދުނު 11:30 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން މިކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.