މަޤާމު
|
ތަރުޖަމާނު
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް: GS3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
ޑިވިޝަން/ ސެކްޝަން
|
ޕަބްލިކް ރިލޭޝަން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ގައްދޫ ޞިއްޙީމަރުކަޒު / ގދ.ގައްދޫ
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ޑޮކްޓަރާއި ބަލިމީހާއާ ދޭތެރޭ ކުރެވޭ މުޢާމަލާތް ތަރުޖަމާކޮށްދިނުން.
- މެޑިކަލް ރިޕޯޓާއި، ސަލާމުގެ ސެޓުފިކެޓު ދޫކުރުމާއި، ކޮންސަލްޓޭޝަންރޫމުގެ ތަކެތި ހަމަކުރުމާއި، ބަލިމީހުން ބަލައި ފަރުވާދިނުމުގައި ޑޮކްޓަރަށް އެހީތެރިވުން.
- ޑެއިލީ ސަވޭލަންސް ރިޕޯޓު ތައްޔާރުކޮށް، ހެލްތު ޕްރޮމޯޝަން ސެކްޝަނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ޑޮކްޓަރަށް ދެއްކުމަށް އަންނަ އެންމެހައި ފަރާތްތަކަށްވެސް ތަފާތުކުރުމެއްނެތި ހިތްހެޔޮކަމާއި، އިޙުތިރާމާއެކު މަރުޙަބާ ކިޔައި، ޚިދުމަތްތެރިގޮތެއްގައި ޚިދުމަތް ދިނުން.
|
ތަޢުލީމާއި ތަޖުރިބާ
|
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކްރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
|
ޢިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ރިސްކް އެލަވަންސް
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.(އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު، އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)
|
ސުންގަޑި
|
2016 އޮގަސްޓު 30 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން ގައްދޫ ޞިއްޙީމަރުކަޒަށް
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
2016 ވަނައަހަރުގެ ސެޕްޓެންބަރުމަހުގައި، ގައްދޫ ޞިއްޙީމަރުކަޒުގައި.
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6840043 އެވެ.
|