މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ ޢަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް:ޖީ އެސް 3
|
މުސާރަ
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/1500 ރުފިޔާ
|
އޮފީސް
|
ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު
|
ޑިވިޝަން / ސެކްޝަން
|
އެޑްމިން
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
|
- މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕާރސަނަލް ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ ޗުއްޓީއާއި ސަލާމުގެ ރެކޯޑުތައް ބެލެހެއްޓުން.
- މުވައްޒަފުންގެ ހާޒިރީ ރިޕޯޓު ތައްޔާރުކޮށް، މަހުންމަހަށް ބަޖެޓަށް ހުށަހެޅުން.
- ބިދޭސީ މުވައްޒަފުންގެ ވިސާއާއި ވާރކްޕާރމިޓުގެ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެއްސުން.
- ޞިއްޙީމަރުކަޒުގައި މަސައްކަތްކުރައްވާ ބިދޭސީ މުވައްޒަފުންގެ ކަންތައްތައް ގަވާއިދުން ބަލަމުން ގެންދިއުން.
- ބިދޭސީ މުވައްޒަފުންގެ ކޮންޓްރެޓް އަދި ޗުއްޓީއާބެހޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލެއްގެމަތިން ކުރުމާއި ރެކޯޑުތައް ބެލެހެއްޓުން.
- އަޕްޑޭޓް ކުރަންޖެހޭ ރަޖިސްޓަރީތައް (މުވައްޒަފުންގެ ރަޖިސްޓަރީ ފަދަ ރަޖިސްޓަރީތައް) އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުން.
- އެކިއެކި ބޭނުންތަކުގައި އޮފީހަށް އަންނަ ކަސްޓަމަރުންނަށް ސަރވިސް ދިނުމުގައި، އަދި މުޢާމަލާތް ކުރުމުގައި މަޑުމައިތިރިކަމާއެކު އެމީހުންގެ ބޭނުންތަކަށް މަގުފަހިކޮށްދިނުން.
- މަރުކަޒުގެ ފަރާތުން ފޮނުވާ ސިޓީ މެމޯ ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
- ދުވަހުން ދުވަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، ހުރިހާ ސެކްޝަނަކުންވެސް ގަވާއިދުން ފޮނުވަމުން ގެންދޭތޯ ބަލައި އެކަމަށް ބާރުއެޅުން.
- އެކިއެކި ރިޕޯޓުތައް ތައްޔާރު ކުރުމުގައި އެވަގުތަކު މަރުކަޒު ހިންގެވުމާ ހަވާލުވެހުންނެވި ފަރާތަކަށް އެހީތެރިކަންދިނުން.
- އޮފީހުގެ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
- އޮފީހަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، ވަގުތުން ވަގުތަށް ކަމާބެހޭ ބޭފުޅުންނަށް މަޢުލޫމާތު އެރުވުން.
- މަރުކަޒުގައި ބާއްވަވާ ބައްދަލުވުންތަކާއި އަދި އެހެނިހެން މީޓިންގތައް ހަމަޖެއްސުން.
- މުވައްޒަފަކު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުރުމުގެ ސަބަބުން މަސައްކަތަށް ދަތިވާނަމަ، އެމުވައްޒަފަކު ކުރަންޖެހޭ މަސައްކަތްތައް ހަވާލުވެހުންނެވި ވެރިޔަކު އަންގަވާ ގޮތެއްގެ މަތީން ކުރުން.
- ވަޒީފާ ބަޔާނުން ލާޒިމުކުރާ އެންމެހައި ކަންތައްތައް ތަރައްޤީ ކުރުމާއި، ރޭވުމާއި، ހިންގުމާއި، ބެލެހެއްޓުމުގެ އިތުރުން އެހީތެރިވެދިނުން.
- އޮފީސް ހުޅުވައި ލައްޕަންޖެހޭ ޙާލަތްތަކުގައި އެކަންކުރުން.
- މަރުކަޒަށް ޒިޔާރަތްކުރައްވާ އެކިއެކި ޓީމުތަކުގެ ކަންތައްތައް ބެލެހެއްޓުން.
- މިނޫނަސް މަރުކަޒުން ރާވައި ހިންގާ އެކިއެކި މަސައްކަތްތަކުގައި ބައިވެރިވެ އެމަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުޠުތައް
|
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމެންޓް ލޯ، ޕަބްލިކް ރިލޭޝަންސް، ޓްރޭނިންގ އެންޑް ޑިވެލޮޕްމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތުގެ ތަޖުރިބާ
- އިންޓަރވިއު
- ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު
|
އުޖޫރައާއި ޢިނާޔަތްތައް
|
- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.
- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލިކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، އަދާކުރި މަޤާމާއި، މަޤާމުގެ މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ ލިޔުން)
- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ސީވީ.
|
މިމަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 2016 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 14:00 އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ބަލައިގަންނާނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުންނެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު
|
މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ. އިންޓަރވިއު އޮންނާނީ މި އިޢުލާނަށް މުއްދަތު ހަމަވާ ތާރިޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެންގޭނެއެވެ.
|
އިތުރު މަޢުލޫމާތު
|
މަޢުލުމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގެ އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
|