ދިވެހިރާއްޖެ
އިޢުލާން
ޅ.ހިންނަވަރު ޞިއްޙީމަރުކަޒު މަރާމާތުކުރުމާބެހޭ:
މި މަރުކަޒުން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ތަކެތީގައި މި މަރުކަޒުގެ ތިރީގައި މިދަންނަވާ ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
- ލެބޯޓްރީ
- އޮފީސް
- ޑޮކްޓަރ ރޫމް
- ޑްރެސިންގް ރޫމް
- ވޯޑު
- އަސްކެނީގެ ސީލިންގ
- ގުދަން
- މަރުކަޒުގެ ފުރަތަމަ ފޭހުގެ ދެކުނު ފުރާޅުގެ ޓިނުތައް ބަދަލުކުރުން
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
ތަން: ހިންނަވަރު ޞިއްޙީމަރުކަޒު |
ތަން: ހިންނަވަރު ޞިއްޙީމަރުކަޒު |
ގަޑި: 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 13:00 |
ގަޑި: 2016 އޮކްޓޫބަރު 6 ވާ ބުރާސްފަތިދުވަހުގެ 13:00 |
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތާވަލުގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ނާންނަ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ، ބަދަލުގައި ހާޒިރުވާކަމުގެ ލިޔުމަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބުތައް ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ކަމުގައި ވުމާއެކު، ގަޑިއަށް ހާޒިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ. އަދި ތިރީގައިވާ ގޮތުގެ މަތިން ބީލަން ހާސިލުކުރާނެ ފަރާތެއް ހޮވުމުގައި ބަލައި ޕޮއިންޓް ދެވޭނެއެވެ.
ހުށަހެޅި ފަރާތް |
އަގު |
މުއްދަތު |
ތަޖުރިބާ |
ޖުމްލަ |
|
60 |
30 |
10 |
100 |
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު މި މަރުކަޒަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ޙާލަތެއް މެދުވެރިވެއްޖެނަމަ، އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު މި މަރުކަޒަށް ލިބިގެންވެއެވެ.