ދިވެހިރާއްޖެ
އިޢުލާން
މިކުންފުނީގެ ހެޑްއޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: |
ޕްރޮކިއުމަންޓް މެނޭޖަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އީ.އެކްސް 1 – ގްރޭޑް 1 |
މުސާރަ: |
މަހަކު -/14630 (ސާދަހާސް ހަސަތޭކަ ތިރީސް) ރުފިޔާ |
ލިވިންގ އެލަވަންސް: |
މަހަކު -/2000 (ދެހާސް) ރުފިޔާ |
ރެސްޕޮންސިބިލިޓީ އެލަވަންސް: |
މަހަކު -/5000 (ފަސްހާސް) ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
މި ކޯޕަރޭޝަންގެ ހެޑްއޮފީސް |
މަސައްކަތް ކުރާ ޑިޕާޓްމަންޓް: |
ޕްރޮކިއުމަންޓް |
ފެންވަރު ނުވަތަ ޝަރުޠު: |
- ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ފެންވަރުގެ ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން އެކައުންޓިންގ އެންޑް ފައިނޭންސް ނުވަތަ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއިން ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލަރސް ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުން، - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޕްރޮކިއުމަންޓުގެ ދާއިރާގައި 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
- ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް ހިންގައި ބަލަހައްޓައި، ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކުރުން. - ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކޮށް މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން. - މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މުދަލާއި ފައިސާއާ ބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ރޭވުމާއި، އަދި މިނޫންވެސް ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އޮފީހުގައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން. - ކުންފުނިން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓްތަކުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން. - ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ މަސައްކަތްތައް މުވައްޒަފުންނަށް ބަހާލައިގެން ހިންގައި ބެލެހެއްޓުން. - ކުންފުނީގެ ސަޕްލަޔަރުންނަށް ކުންފުންޏަށް ހޯދަން ބޭނުންވާ ތަކެއްޗާ ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން. - ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެތި ކަނޑައެޅިފައިވާ ތާރީޚަށް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން. - ކުންފުނިން ހިންގާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮކިއުމަންޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ކުރިއަށްދާ މިންވަރު ބެލެހެއްޓުން. - ކުންފުޏަށް މުދާ ފޯރުކޮށްދޭ ފަރާތްތަކާ ވާހަކަ ދައްކައިގެން އެކަށީގެންވާ އަގުތަކެއްގައި މުދާ ހޯދުމަށް މަސައްކަތްކުރުން. - މުދާ ފޯރުކޮށްދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ދައްކާތޯ ބަލައި ޔަގީންކުރުން. - ވެންޑަރ ރަޖިސްޓަރީއާއި ސަޕްލަޔަރ ރަޖިސްޓަރީ ޑޭޓަރބޭސް އެކުލަވައިލުމާއި، ބެލެހެއްޓުމާއި، ސަޕްލަޔަރ ރިލޭޝަންސް މެނޭޖްކުރުން. - ޑިޕާޓްމަންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން. |
ވީމާ، މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން، މި ކުންފުނީގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައި މިވާ ތަކެއްޗާއެކު 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑްއޮފީހަށް ފޮނުއްވައިދެއްވުން އެދެމެވެ.
- މީހާގެ ވަނަވަރު،
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ،
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތްކަން ކަށަވަރުކޮށްދޭ ކޮޕީ
- ޕާސްޕޯޓްސައިޒުގެ 2 ފޮޓޯ،
- ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން،
- ތިންމަސްދުވަސް ހަމަނުވާ ޕޮލިސްރިޕޯޓް.
- ވަޒީފާ އަދާކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހަކުން އިއުތިރާޒު ނުކުރާކަމުގެ ލިޔުން.
މި ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީއަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ. އަދި މި ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކުންފުނީގެ ފޯނު ނަންބަރު 3312904 އަށް ގުޅުއްވުން އެދެމެވެ.
29 ޛުލްޤަޢިދާ 1437