ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ރަސްމީ ކަންކަމަށް އަތޮޅުތެރެއަށާއި، ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތަކުގައި މާލެއިން ހުޅުލެއަށް، އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށްޓަކައި 1 އަހަރުދުވަހުގެ މުއްދަތަކަށް ލޯންޗެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
ވީމާ، ލޯންޗެއް ކުއްޔަށް ދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހު 9:00 އަށް މި މިނިސްޓްރީ (ގ.ބިއްލޫރިޖެހިގެ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ.ބިއްލޫރިޖެހިގެއަށް) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
7 ޛުލްޙިއްޖާ 1437