ވަޒީފާގެ ފުރުޞަތު
ނަންބަރު: 024/2016/GS-95
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 26 ސެޕްޓެންބަރު 2016 14:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

   މަޤާމު:                     ޕްރިންޓަރ

   ބޭނުންވާ އަދަދު:                1

   ރޭންކް:                     އެސް. އެސް 3

   ކްލެސިފިކޭޝަން:               ސަޕޯޓް ސްޓާފް ގްރޭޑް 3 

   މުސާރަ:                    މަހަކު -/3875 ރުފިޔާ

   ސަރވިސް އެލަވަންސް:            މަހަކު -/1000 ރުފިޔާ

                           ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑިއާއި، ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ ދެވޭނެއެވެ.

   ވަޒީފާ އޮތް އޮފީސް:              ކުރިނބީ ސްކޫލް

   ގިންތި:                      ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އެކަޑަމިކް / ކުރިނބީ ސްކޫލް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ޕްރިންޓްކުރަންޖެހޭ ތަކެތި ޕްރިންޓް ކުރުން.
  2. ޕްރިންޓްކުރާ ތަކެތީގެ ކޮޕީއެއް ފައިލްކޮށް ބެލެހެއްޓުން.
  3. ޕްރިންޓް ކުރުމަށް ބޭނުންކުރާ ހުރިހާ މެޝިންތައް ސަރވިސް ކުރުވައި ބެލެހެއްޓުން.
  4. ޕްރިންޓް ކުރުމަށް ބޭނުންވާ ކަރުދާސް ދެލި ފަދަ ތަކެތި ދުރާލައި ހޯދުން.
  5. ޕްރިންޓިންގރޫމް ސާފުކުރުވައި ތަރުތީބުކޮށް ބެލެހެއްޓުން.
  6. ހަވާލުކުރެވޭ ތަކެތި ލެމިނޭޓް ކުރުމާއި ބައިންޑް ކުރުން.

ޝަރުޠު:

1- މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް / ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

  1. ވަޒީފާގެ ޝަރުޠު: ވަޒީފާއަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަވުން. (ވަޒީފާގެ ޝަރުޠު ފުރިހަމަ ނުވާނަމަ، ޑިސްކޮލިފައިވާނެ)
  2. ތަޢުލީމާއި ތަމްރީނު: ލިބިފައިވާ އިތުރު ތަޢުލީމާއި، ވަޒީފާއާ ގުޅުން ހުރި ކުރުމުއްދަތުގެ ތަމްރީނުތައް.
  3. ތަޖުރިބާ: ވަޒީފާއާ ގުޅުންހުރި ތަޖުރިބާއާއި އެހެނިހެން ތަޖުރިބާ.
  4. ލިބިފައިވާ ހުނަރު: އިންޓަރވިއު / ޕްރެކްޓިކަލްސް.

އިންޓަރވިއު ކުރުން

1. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އަންގާލެވޭނެއެވެ.

2. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

1- މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު، ކުރިނބީ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)

2- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

3- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

   (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް، އަދި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

   (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

   (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކުރިނބީ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ސެޕްޓެންބަރު 26 ވާ ހޯމަދުވަހުގެ 14:00 އެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ކުރިނބީ ސްކޫލުގެ ނަންބަރު 6520532 ފޯނަށް ގުޅުއްވުން އެދެމެވެ. 

16 ޛުލްޙިއްޖާ 1437

18 ސެޕްޓެންބަރު 2016