މަސައްކަތް
ނަންބަރު: (IUL)GZS/2016/74
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:52
ސުންގަޑި: 10 އޮކްޓޫބަރު 2016 10:30
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

މި ސްކޫލްގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • އޮފީހުގެ ކޮރިޑޯގެ ދެކޮޅުގައި ބިއްލޫރި ޕާޓިޝަން ޖެހުން.
  • ފާޚާނާ ހޮޅި ބެދޭ މައްސަލަ ރަނގަޅުކުރުން.
  • ޑެސްކް މަރާމާތުކުރުން.
  • ހުޅަނގުފަރާތު ގޭޓްކައިރީގައި ނޯޓިސްބޯޑެއް ހެދުން.
  • ކެމިސްޓްރީ ލެބްގެ ސެކިއުރިޓީ ދޮރު މަރާމާތުކުރުން.
  • ކުލާސް ކޮރިޑޯތަކުގެ ތަޅުންގަނޑު މަރާމާތުކުރުން.
  • ފާޚާނާތަކުގެ ދޮރުފަތް މަރާމާތުކުރުން.
  • ހޯލުގެ ފަންކާތައް ބަދަލުކުރުން.
  • ސްކޫލްގެ ގޯތިތެރޭގައި ލައިޓް ހަރުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 އޮކްޓޫބަރު 5 ވާ ބުދަދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 2016 އޮކްޓޫބަރު 10 ވާ ހޯމަދުވަހުގެ 10:30 އަށެވެ.

25 ސެޕްޓެންބަރު 2016