ދިވެހިރާއްޖެ
އިޢުލާން
އެމްޓީސީސީގެ ފެރީ ނިޒާމުގެ މާލެ - ހުޅުމާލެ ސެކްޓަރަށް، މި ކުންފުނިން ދޭ މިންގަނޑުތަކަށް ފެތޭ، ދިގުމިނުގައި 80 ފޫޓާއި 85 ފޫޓާ ދެމެދު، ފުޅާމިނުގައި 27 ފޫޓާއި 29 ފޫޓާ ދެމެދުގެ 1 ދޯނި، ޑްރައިވަރާއި ފަޅުވެރިންނާއެކު ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރު: MTCC-PD/IU/2016/0152) ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 އޮކްޓޫބަރު 6 ވަނަ ދުވަހުގެ 14:00 އަށް، އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 އޮކްޓޫބަރު 10 ވަނަ ދުވަހުގެ 14:00 އަށް އެމްޓީސީސީ ހެޑްއޮފީހުގެ 2 ވަނަ ފަންގިފިލާ (ޕްރޮކިއުމަންޓް ޑިޕާޓްމަންޓް) އަށް، އަންދާސީހިސާބު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ.