ދިވެހިރާއްޖެ
އިޢުލާން
ޓިވެޓް އޮތޯރިޓީން ހިންގުމަށް ހަމަޖެހިފައިވާ ނަރސިންގ ކޯހުގެ (އެޑްވާންސް ސެޓުފިކެޓާއި، ޑިޕްލޮމާ) ބައިވެރިންނަށް ތަމްރީނު ދޭނެ ފަރާތްތަކެއް ހޯދަން ބޭނުންވެއެވެ.
މަޤާމު: ނަރސިންގ ޓިއުޓަރ
ބޭނުންވާ އަދަދު: 10
މުސާރަ: ކިޔަވައިދޭ ކޮންމެ ގަޑިއަކަށް -/200 (ދުއިސައްތަ) ރުފިޔާ
މަސައްކަތް ކުރަންޖެހޭ އޮފީސް: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ގިންތި: ވަގުތީ
މަސައްކަތް ކުރަންޖެހޭ ސެކްޝަނާއި ތަން: ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ / މާލެ
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ހަވާލު ކުރެވިފައިވާ މާއްދާ ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްތައް ތައްޔާރުކޮށް، ދީފައިވާ ޓައިމްޓޭބަލާ އެއްގޮތަށް މަދުވެގެން ދުވާލަކު 2 ގަޑިއިރު އޮންލައިންކޮށް ކިޔަވައިދީ، އެސެސްމެންޓް ހަވާލުކޮށް، އެސެސްމެންޓްތައް މާރކްކޮށް ފީޑްބެކް ދިނުން.
ފެންވަރު/ޝަރުޠު:
- ބެޗްލަރސް ޑިގްރީ އިން ނަރސިންގ ނުވަތަ މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ކިޔަވައިދިނުމުގެ ދާއިރާއިން ސެޓުފިކެޓު އޮތުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
- މީގެ އިތުރުން އެކަޑަމިކް ރައިޓިންގ އާއި ކޮމްޕިއުޓަރ ސްކިލްސް އަދި ކޮމިއުނިކޭޝަން ސްކިލްސް ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
ނ. ޤާބިލުކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއު
އިންޓަރވިއު ކުރުން.
އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ށ- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
ނ- މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
ރ- ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީސް
ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ، ޣާޒީ ބިލްޑިންގގެ ގްރައުންޑްފްލޯ
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 އޮކްޓޫބަރު 31 ވަނަ ދުވަހުގެ 14:30 ގެ ކުރިން.
ނޯޓް:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އޮތޯރިޓީގެ ނަންބަރު 3341291 / 3341313 ފޯނަށް ގުޅުއްވުން އެދެމެވެ.