މަސައްކަތް
ނަންބަރު: (IUL)GZS/2016/78
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2016
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 18 ޑިސެންބަރު 2016 00:00
ޣާޒީ ސްކޫލް
ދިވެހިރާއްޖެ
ބައެއް މަސައްކަތްކުރުން

މި ސްކޫލުގެ ބައެއް މަސައްކަތްތައް ކުރަން ބޭނުންވެގެން ކުރެވުނު (IUL)GZS/2016/74 އިޢުލާނަށް ބިޑު ހުށަހަޅުއްވާފައިވާނީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރީމެވެ.

ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • އޮފީހުގެ ކޮރިޑޯގެ ދެކޮޅުގައި ބިއްލޫރި ޕާޓިޝަން ޖެހުން.
  • ފާޚާނާހޮޅި ބެދޭ މައްސަލަ ރަނގަޅުކުރުން.
  • ޑެސްކު މަރާމާތުކުރުން.
  • ހުޅަނގުފަރާތުގެ ގޭޓްކައިރީގައި ނޯޓިސްބޯޑެއް ހެދުން.
  • ކެމިސްޓްރީ ލެބުގެ ސެކިއުރިޓީގެ ދޮރު މަރާމާތުކުރުން.
  • ކްލާހުގެ ކޮރިޑޯތަކުގެ ތަޅުންގަނޑު މަރާމާތުކުރުން.
  • ފާޚާނާތަކުގެ ދޮރުފަތް މަރާމާތުކުރުން.
  • ހޯލުގެ ފަންކާތައް ބަދަލުކުރުން.
  • ސްކޫލުގެ ގޯތިތެރޭގައި ލައިޓް ހަރުކުރުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2016 އޮކްޓޫބަރު 26 ވާ ބުދަދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ސްކޫލަށް ބިޑް ހުށަހަޅުއްވާނީ 2016 ނޮވެންބަރު 2 ވާ ބުދަދުވަހުގެ 11:00 އަށެވެ.

18 އޮކްޓޫބަރު 2016